ދިވެހިރާއްޖެ
1444 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުޅުވާލުމާ ގުޅިގެން، އެކަމުގެ ޝައުޤުވެރިކަން ފާޅުކޮށް މިމިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑުތަކުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވުމާއި، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާއިބެހޭ އުސޫލާއި މަޢުލޫމާތު ކަރުދާހުގައި، ޙައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެކަމަށް ބުނެފައިވާ އަސާސީކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުޞަތު ނެތުމާއެކު މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާޠިލްކޮށް، އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދިނުން ކަމުގައި މިނިސްޓްރީން ދެކެމެވެ.
ވީމާ، މިމިނިސްޓްރީގެ ނަންބަރު ((IUL)142-C2/142/2023/71) 27 ފެބުރުވަރީ 2023 އިޢުލާނާ ގުޅިގެން ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާޠިލްކޮށް، އެ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ކުންފުނިތަކަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިސްވެ ދެންނެވުނު އިޢުލާނާ ގުޅިގެން ޙައްޖަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަގު ފިޔަވާ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމުގައި ދަންނަވަމެވެ.
ބިޑު ހުށަހެޅޭނީ -/75000 (ހަތްދިހަ ފަސްހާސް ރުފިޔާ) އާއި -/95000 (ނުވަދިހަ ފަސްހާސް ރުފިޔާ) އާ ދެމެދުގެ އަގަކަށެވެ. އަދި ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 13 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ 10:00 އެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 06 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.
ޕްރޮޕޯޒަލް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.