ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް ސަޕްލައިކޮށް، އަދި މި މެޝިންތަކަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލަށް 05 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.
                                މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މައުލޫމާތުކަރުދާހާއި އެއްކަރުދާސްކުރެވިފައިވާ އެނެކްސް ތަކުގައި ބަޔާންކޮށްފައިވާ އެޗްޕީ.އެލް.ސީ ވޭރިއަންޓް މެޝިން، އޮޓޮމޭޓެޑު މައިކްރޯބަޔޮލަޖީ އެނެލައިޒަރ އަދި ބްލަޑް ކަލްޗަރ އެނަލައިޒަރގެ މެޝިންތަކަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލަށް 05 (ފަހެއް) އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ބީލަމަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
 - މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 04 އެޕްރީލް 2023 ވާ އަންގާރަ ދުވަހުން ފެށިގެން 16 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް[email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރަޖިސްޓްރޭޝަން މެއިލްކުރާއިރު ސަބްޖެކްޓުގައި އިޢުލާން ނަންބަރު ވެސް ޖެއްސެވުމަށް ދަންނަވަމެވެ.
 - ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ އެނެކްސް ތަކުގައި ބަޔާންކޮށްފައިވާ މެޝިންތަކާއި ގުޅޭ "ބިޑު ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
 - މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 17 އެޕްރީލް 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
 - މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
 - ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
 
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- · ތާރީޚް: 19 އެޕްރީލް 2023 (ބުދަ)
 - · ގަޑި: 11:00 ގައި
 
             04 އެޕްރީލް 2023
            
        
                    ހޯދާ  
                
                