ދިވެހިރާއްޖެ
(IUL)337/337/2023/43 ނަންބަރ
އިޢުލާން
"ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް 2 ވަނަ އިޞްލާޙު ގެނައުން.
މިއިދާރާގެ ނަންބަރު: (IUL)337/337/2023/26 (26 ފެބްރުއަރީ 2023) އިޢުލާނުން އާންމުކޮށްފައިވާ، "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އާއި ގުޅޭގޮތުން "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ" އާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންމަށްފަހު "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް 04 އޭޕްރީލް 2023 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 11 ވަނަ އާއްމު ޖަލްސާއިން 02 ވަނަ އިޞްލާޙު ވަނީ ގެނެވިފައެވެ.
ވީމާ، މި ގެނެވުނު ބައްދަލުތަކާއެކު "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" (02 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު) އާއްމުކޮށް އިޢުލާންކުރީމެވެ.
13 ރަމަޟާން 1444
04 އޭޕްރީލް 2023