ދިވެހިރާއްޖެ
ޗާޕުމެޝިން ގަތުމަށް ބޭނުންވެއްޖެ
ސްކޫލްތަކަށް ބޭނުންވާ 28 ޗާޕުމެޝިން ގަތުމަށް ކުރެވުނު ނަންބަރު: IUL)22-PU/1/2014/233) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ 4 ފަރާތުގެ ތެރެއިން 3 ފަރާތުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
ވީމާ، ޗާޕުމެޝިން ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
12 ޖަނަވަރީ 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
15 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
15 ރަބީޢުލްއައްވަލް 1436