މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ހާޑްވެއަރ އަދި ސޮފްޓްވެއަރ ވިއްކާނެ ފަރާތެއް ހޯދުމަށް

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/IT/2015/002

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު.

މިކޯޕަރޭޝަނަށް ބޭނުންވާ އައިޓީއާ ގުޅޭ ބައެއް ބާވަތްތަކުގެ ތެރެއިން ހާޑްވެއަރ އަދި ސޮފްޓްވެއަރ ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޕަރޭޝަންގެ ނަންބަރު MBC-F/IU/2014/132އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅުއްވާފައިވާ ބައެއްތަކެއްޗާބެހޭ މަޢުލޫމާތު ފުރިހަމަނުވާތީ، އެފަދަ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުގެ 2 ވަނަ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ޖަނަވަރީ 2015 ހޯމަ ދުވަހު 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖަނަވަރީ 2015 ބުރާސްފަތި ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ