ދަމަނަވެށި
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

މަޤާމު

ރެޖިސްޓަރޑް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސް / ކްލިނިކަލް ނަރސް

މަޤާމް ނަންބަރު

J-310468

މަޤާމުގެ ގިންތި

ދާއިމީ

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ނާރސިންގް ޕްރޮފެޝަނަލް

މަޤާމް އޮތް އޮފީސް

ދަމަނަ ވެށި ، ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ދަމަނަ ވެށި ، ކ.މާލެ

މަޤާމް

 

 

 

 

 

ރެޖިސްޓަރޑް ނާރސް

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

CS08-1

ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/9060

CS08-2

ރެޖިސްޓާރޑް ނާރސް، ސީ އެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަރކުސް ހޯދާފައިވުން.

-/9210

CS08-3

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް  ހާސިލްކޮށްފައިވުން.

-/9360

ސީނިއަރ ރެޖިސްޓަރޑް ނާރސް

CS10-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، ނާރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-/9670

CS10-2

ސީނިއަރ ރެޖިސްޓާރޑް ނާރސް، ސީ އެސް 10-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަރކުސް ހޯދާފައިވުން.

-/9920

CS10-3

ސީނިއަރ ރެޖިސްޓާރޑް ނާރސް، ސީ އެސް 10-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަރކުސް ހޯދާފައިވުން.  

-/10160

ކްލިނިކަލް ނަރސް

CS12-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، ނާރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-/10410

CS12-2

ކްލިނިކަލް ނާރސް، ސީ އެސް 12-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަރކުސް ހޯދާފައިވުން.

-/10660

CS12-3

ކްލިނިކަލް ނާރސް، ސީ އެސް 12-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަރކުސް ހޯދާފައިވުން.

-/10940

ސަރވިސް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/188ރ ( ޞިއްހީމަރުކަޒު ލެވެލް3)

އިތުރު އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ގޭގެއަށް ގޮސް ފަރުވާ ދިނުމުގެ މަސައްކަތުގަ އަމަލީ ގޮތުން ބައިވެރިވުން، އެފަދަ ބަލިމީހުން ގެ ރަޖިސްޓްރީ ބެލެހެއްޓުމާ އެކަމާގުޅޭގޮތުން ހަދަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުން.
  2. ކުޑަކުދިންނަށާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެކްސިން ދިނުމާއި ވެކްސިން ސްޓޮކް ބެލެހެއްޓުމާއި ރިކުއެސްޓް ކުރުން.
  3. 5އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގެ ޚިދުމަތް ދިނުން އަދި މީގެ ތެރެއިން ޑިލޭޑް މައިލްސްޓޯން އަދި ޢުމުރާއި ގުޅޭގޮތުން އިސްކޮޅާއި ބަރުދަން އިތުރު ނުވާ ކުދިން ހުރި ކުދިން ދެނެގަތުމާއި އެކުދިންގެ ބެލެނިވެރިންނަށް ކައުންސެލިންގް ދިނުން އަދި ސްޕެޝަލިސްޓުންނަށް ރިފަރ ކުރަންޖެހޭ ކުދިން ރިފަރ ކުރުން
  4. ސަވައިކަލް ކެންސަރ ސްކްރީނިންގ އާއި ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ކްލިނިކް ހިންގުމަށްކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކްލިނިކްތަކުގައި ޚިދުމަތް ދިނުން.
  5. އާއިލާ ރޭވުމުގެ ޚިދުމަތުގެ ކަލްޔަންޓުންގެ މަޢުލޫމާތުތައް ބެލެހެއްޓުމާއި، ފެމިލީ ޕްލޭނިން ކައުންސެލިން ދިނުމާއި، ފެމިލީ ޕްލޭނިންގް ސްޓޮކް ބެލެހެއްޓުން އަދި ދަރިމައިވުމާއި ޢާއިލާ ރޭވުމާއި ބެހޭ މަޢުލޫމާތާޢި ވަޞީލަތްތައް ހޯދައި ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
  6. ދަމަނަވެއްޓަށް އަންނަ ބަލިމީހުންނާއި، އެން.ސީ.ޑީ ކްލަޔަންޓުންނަށް ފަރުވާ ދިނުމުގެ ކަންތައްތައް ކަމާއިބެހޭ ޑޮކްޓަރެއްގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުން.
  7. ކޮންސަލްޓޭޝަން ރޫމްތަކުގައި އަދި އޮބްޒަވޭޝަން ރޫމްގައި ޑޮކްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު ކޮންސަލްޓޭޝަން ޑެއިލީ ރިކޯޑްސް ބެލެހެއްޓުމާއި، ޑެއިލީ ސަވައިލަންސް ރިޕޯރޓް ތައްޔާރުކުރުމާއި، އޮބްޒަވޭޝަން އަދި ޓްރީޓްމަންޓް ބޭނުންވާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.
  8. ދަމަނަވެށިން ބަލިމީހަކު އެހެން ތަނަކަށް ރިފަރކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހަކާއިއެކު އެތަނަށް ދިއުން.
  9. ގާތުން ކިރުދިނުމާއި ސިއްޙަތަށް ފައިދާހުރި ކާނާއާއި ބެހޭ ގޮތުން އެކި މާބަނޑުމީހުންނަށާއި، ކުޑަކުދިންގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ރާވާ ހިންގުން
  10. ދަމަނަ ވެށީގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕޮރޕމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން
  11. މުޥައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓާ އޮފީސް މާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރާ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރުން.
  12. ފާހަގަކުރާ މުޙިއްމު އެކި މުނާސަބަތުތަކާއި ގުޅޭގޮތުން ތަން ޒީނަތްތެރި ކުރުމާއި ތަން ތައްޔާރުކުން/ ނުވަތަ އެފަދަ އިވެންޓްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭނުންވާތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  13. އަދި މީގެ އިތުރުންވެސް ރަސްމީ މަސައްކަތާއި ގުޅޭގޮތުން،ދަމަނަ ވެށި ހިންގެވުމާއި ހަވާލުވެ ހުންނަވާ ބޭފުޅަކު އަންގަވާ މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް( ސިވިލް ސަރވިސްގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx) އަދި މިމިނިސްޓްރީގެ health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެދޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެތްފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ.

 6.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮސްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގެ އަދާކޮށްފައިވާ މަޤާމަކި މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) އުވައިލެވިފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިލަންއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމް.

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 11 އޭޕްރީލް 2023 ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެސެންޓޭޝަން އޮންނާނީ،  2023އޭޕްރިލް ، މެއި މަހުގެތެރޭގައި ދަމަނަ ވެށީގައެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3322403  އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 އޭޕްރިލް 2023
ހޯދާ