މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - މި އޮތޯރިޓީއަށް ބޭނުންވާ ތަކެތި/ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ ތަކެތި/ޚިދުމަތް ފޯރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން 15 މާރިޗު 2023 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2023/26 އިޢުލާނާއި ގުޅިގެން ތިރީގައިވާ މި ދަންނަވާ ތަކެތި/ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވައިފައިނުވާތީ ދެންނެވުނު ތަކެތި/ޙިދުމަތް ފޯރުކޮށްދޭން ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

  1. ގިފްޓް ބާސްކެޓް
  2. ނޯޓު ފޮތް
  3. ކަވަރ ފައިލް ޕްރިންޓްކުރުން
  4. ޕޮކެޓް ފައިލް ތައްޔާރުކުރުން
  5. ގިފްޓް ބާސްކެޓަށް ބޭނުންވާ ދިވެހި ލުއި ކާނާގެ އުފެއްދުންތައް                           

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީމަގު، މާލެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

10 އެޕްރީލް 2023

ހޯމަ

12:00

އަންދާސީހިސާބު ހުށަހެޅުން

12 އެޕްރީލް 2023

ބުދަ

10:00

 

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ލިންކު: https://forms.office.com/r/p7BGy5d4A2
  • އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
  • ފޯނު ނަންބަރު
  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުމުން ނުވަތަ ރަޖިސްޓްރޭޝަން އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން [email protected]  މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ މަޢުލޫމާތު ނުވަތަ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2023 އެޕްރީލް 10 ވާ ހޯމަ ދުވަހު 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019601, 3339513 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2023
ހޯދާ