ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ކޮންސަލްޓަންޓެއް ހޯދުން
އިޢުލާން
ގާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ހެދިފައިވާ ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މި އޮތޯރިޓީން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 09 އެޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް ތިރީގައިވާ ތާރީޙުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވޭނެއެވެ؛
- މަޢުލޫމާތު ސެޝަން ބޭއްވޭ ތާރީޙާއި ގަޑި: 10 އެޕްރީލް 2023 ވަނަ ދުވަހުގެ 11:30 އަށް
- މަޢުލޫމާތު ސެޝަން ބޭއްވޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
- މި ސެޝަންއަށް ހާޒިރު ނުވެވޭ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރަމެވެ.
ޕްރޮޕޯސަލް ހުށަހެޅުން
- މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 13 އެޕްރީލް 2023 ވަނަ ދުވަހުގެ 11:30 އަށް
- ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
- އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
- ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.
04 އޭޕްރިލް 2023
ހޯދާ