ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ފާމަސޫޓިކަލްސް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)KRH/PLD/2023/34 (20 މާރިޗު 2023) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚް ތިރީގައި ބަޔާންކުރެވިފައިވާ ދުވަހަށް ބަދަލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ފާމަސޫޓިކަލްސް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް، ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން ދެންނެވީމެވެ.
ނޯޓް: ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 17 އެޕްރީލް 2023 (ހޯމަ ދުވަސް)
- ގަޑި: 11:00 ގައި