ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިނޭ ސިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށް ބަދަލު ގެނައުމުގެ މަސައްކަތްކުރުމަށް.
މި އިޢުލާނަކީ ފިނޭ ސިއްހީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށް، ބަދަލު ގެނައުމުގެ މަސައްކަތްކުރުމަށް ކުރެވުނު ނަންބަރު (IUL)KRH-PLD/2023/26 (19 މާރިޗު 2022) އިއުލާނާއި ގުޅިގެން މި ހޮސްޕިޓަލަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށް ފެންނާތީ، މި ޢިއުލާން ބާތިލުކޮށް މަސައްކަތުގެ ސްކޯޕަށް ބަދަލުގެނައުމަށްފަހު އަލުން ކުރެވޭ އިޢުލާނެކެވެ.
ވީމާ، ފިނޭ ސިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށް ބަދަލު ގެނައުމުގެ މަސައްކަތްކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 04 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުން ފެށިގެން 13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް[email protected] އަށް އީ-މެއިލް ކުރެއްވުމަށްފަހު [email protected] އަށް ކޮޕީ ކުރުމަށް ދަންނަވަމެވެ. އަދި ރަޖިސްޓްރޭޝަން މެއިލްކުރާއިރު ސަބްޖެކްޓުގައި އިޢުލާން ނަންބަރު ވެސް ޖެއްސެވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 16 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް ނުވަތަ ފިނޭ ސިއްހިމަރުކަޒު)
- ތާރީޚް: 18 އެޕްރީލް 2023 (އަންގާރަ)
- ގަޑި: 11:00 ގައި
04 އޭޕްރިލް 2023
ހޯދާ