ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދުމަށް

އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދެއްވާނެ ފަރާތްތައް  ބޭނުންވެއްޖެ

 

 1. ކަނޑުހުޅުދޫ ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމަށް ޝައުގުވެރިވާ 2 ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: GS197/IUL/2022/12 (24 ނޮވެންބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައިނުވާތީ އެ އިޢުލާން ބާތިލްކޮއް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 05 އެޕްރީލް 2023 އިން 11 އެޕްރީލް 2023 11:00 ގެ  ނިޔަލަށް  މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހައް  ބިޑްގައި ރަޖިސްޓްރީކުރުމަށް އީމެއިލް މެދުވެރިކޮއް ފޮނުވުން އެދެމެވެ. ފޮނުއްވާއިރު އިޢުލާން ނަންބަރ ، ކުންފުނި/އަމިއްލަ ފަރާތުގެ ނަން އަދި ގުޅޭނެ ފޯންނަންބަރ ހިމެނެންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ   2023 އެޕްރީލް 14 ވަނަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ

 5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 16 އެޕްރީލް 10:30 ގައި މިސުކޫލް އިދާރާގައެވެ. 

 6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

 

     7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

      ކަނޑުހުޅުދޫ ސުކޫލް

      ގއ ކަނޑުހުޅުދޫ ، ދިވެހިރާއްޖެ            

      ފޯން:  7983078

      އީ-މެއިލް: [email protected]

      ކޮޕީ-މެއިލް:   [email protected]

04 އޭޕްރިލް 2023
ހޯދާ