ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއް އައި ޓީ ސާމާނު ގަންނަން

މިހޮސްޕިޓަލަށާއި މިއަތޮޅުގެ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ބައެއް އައި ޓީ ސާމާނު ގަންނަން ބޭނުންވެއެވެ.

ވީމާ، މިދެންނެވި ތަކެތި ވިއްކަވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ހޮސްޕިޓަލުގެ މީޓިންގރޫމަށާއި ހެލްތު މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

  • ޕްރޮޕޯޒަލް ހުށަހެޅުން

    21 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ