ދިވެހިރާއްޖެ
ފެލިދޫ ފުޓްސަލް ދަނޑުގެ ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވާ މިއިދާރާއަށް މެއިލްކުރެއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ފުޓްސަލް ދަނޑު މަރާމާތުތައް ކުރުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން |
08-04 އޭޕްރީލް 2023 |
އަންގާރަ،ހޮނިހިރު |
9:00 - 13:00 |
އީމެއިލް މެދުވެރިކޮށް |
މަޢުލޫމާތު ދިނުން (އޮންލައިން) |
09 އޭޕްރީލް 2023 |
އާދިއްތަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ބިޑް ހުށަހެޅުން |
13 އޭޕްރީލް 2023 |
ބުރާސްފަތި |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- ތަޖުރިބާ: ނިންމާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެ ބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާ ލިޔުމަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. ތަޖުރިބާއަށް މާކްސް ދެވޭނީ ބިލްޑިން ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.