ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ޤާއިމުކުރެވިފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ދަށުން ގދ. ތިނަދޫގައި ޤާއިމުކުރެވިފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 4 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުން ފެށިގެން 12 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ، ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފޯމެޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

13 އޭޕްރީލް 2023

10:00

(މެންދުރުކުރި)

- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

- ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ގދ. ތިނަދޫ

04 އެޕްރީލް 2023
ހޯދާ