ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

              ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު ތިރީގައި ދަންނަވައިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

             މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 އޭޕްރީލް 03 ވަނަ ދުވަހުން ފެށިގެން 2023 އޭޕްރީލް 06 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމަތު

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރު:

އީމެއިލް އެޑްރެސް އަދި ގުޅޭނެ މޮބައިލް ނަންބަރު:

މަސައްކަތާއި ގުޅޭ މަޢުލޫމާތު (ބީލަންފޮތް) ދިނުން

            މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތު މި އިޢްލާނާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެއްހީރަސް ކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 އޭޕްރީލް 10 ވާ ހޯމަ ދުވަހުގެ 12:00  ގެކުރިން [email protected] އަށް ބޭނުންވެލެއްވާ ސުވާލެއް މެއިލް ކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

          އަންދާސީހިސާބު ހުށަހަޅުއްވާނީ 2023 އޭޕްރީލް 11 ވާ އަންގާރަ ދުވަހުގެ 10:00  ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލަށް ދުރުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބިޑްބަލައި ގަނެވޭނީ އެކަން ބަޔާންކޮށް ހާޟިރުވާ ފަރާތުގެ އައި،ޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވައިފައި ވާނަމައެވެ. ހުށަހަޅައި ބީލަންތައް ހުޅުވާނީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

ބީލަން ފޮތުގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް.

އިޢުލާނު ނަންބަރު: (IUL)247-CA/247/2023/51:

ބީލަން ހުށަހަޅާ ތާރީޚް އަދި ސުންގަޑި

ހުށަހަޅާފަރާތުގެ ނަން، ސްޓޭމްޕް އަދި ގުޅޭނެ ފޯނު ނަންބަރު

 12 ރަމަޟާން 1444                                                                   

03 އޭޕްރިލް 2023
ހޯދާ