ދިވެހިރާއްޖެ
އިޢުލާން |
ނަންބަރު |
(IUL)421/421/2023/24 |
ތާރީޚް |
12 ރަމަޟާން 1444 |
|
03 އެޕްރީލް 2023 |
ގދ.ވާދޫ ކައުންސިލްގެ 01 ވަނަ މަދަހަ މުބާރާތް1444
"ގދ.ވާދޫ ކައުންސިލްގެ 01 ވަނަ މަދަޙަ މުބާރާތް 1444" ގެ ނަމުގައި ބާއްވާ މަދަހަކިޔުމުގެ މުބާރާތް 2023 އޭޕްރީލް 17 ވާ ހޯމަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މަދަހަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މަދަޙަ މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، 11 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މުޙައްމަދު ޝިފާގް
ކައުންސިލް މެމްބަރ