ދިވެހިރާއްޖެ
އިޢުލާން |
ނަންބަރު |
(IUL)421/421/2023/22 |
ތާރީޚް |
12 ރަމަޟާން 1444 |
|
03 އެޕްރީލް 2023 |
ގދ.ވާދޫ ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތް ބާއްވާތަން ތައްޔާރުކުރާނެ ފަރާތެއް ހޯދުން
މިކައުންސިލުން މުޅިރަށަށް އަމާޒްކޮށްގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ޤުރުއާން މުބާރާތާއި އަލަށް މިކައުންސިލުން ބާއްވާ މަދަހަ ކިޔުމުގެ މުބާރާތް މިހިނގާ އޭޕްރީލް މަހުގެ 15 ވާ ހޮނިހިރު ދުވަހުން ފެށިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިދެމުބާރާތް ބާއްވާތަން މި އިއުލާނާ އެއްކޮށް އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ
ވީމާ،އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު،ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި |
11 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 13:00 |
12 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 10:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މުޙައްމަދު ޝިފާގް
ކައުންސިލް މެމްބަރ