އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް ޕާރޓިޝަން އަދި ޓޭބަލްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އޮފީސް ޕާރޓިޝަން އަދި ޓޭބަލްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

           މި ކައުންސިލަށް ގަންނަން ބޭނުންވާ އޮފީސް ޕާރޓިޝަން އަދި ޓޭބަލްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

           ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 11 އެޕްރީލް 2023 ވާ އަންގާރަ ދުވަހު 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި ޕްރޮޕޯސަލް ހުށަހެޅުއްވި ހުރިހާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަމާއި ފޯން ނަމްބަރު ލިޔެފައެވެ.

          

މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރީމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ފޯން ނަންބަރު: 6680507 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.

03 އޭޕްރިލް 2023
ހޯދާ