ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެ ލައްވާ ކޮމެޓީ އެކުލަވާލުމާއި ގުޅޭ

މިއިދާރާގެ ޢިއުލާން ނަންބަރ (IUL)264/PRIV/2023/22 ގުޅިގެން ގެވަޅު ކޮމެޓީގައި  ބައިވެރިވުމަށް އެދި ހުށައަޅާފައިވަނީ އާންމުންގެ ތެރެއިން އެކެއް(1) މެންބަރުކަމުން މިކޮމެޓީގައި ބައިވެރި ވުމުގެ ފުރުޞަތު ތިރީގައި ދަންނަވާފައިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ "ޤަވާޢިދު" ގައިވާ ގޮތުގެމަތިން، ގޯތި ދޫކުރުމަށް ހުށަހަޅާ ފޯމްތައް ޗެކު ކުރުމާއި ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްޓަކާ ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައިވާ ގޮތުގެމަތިން އެކުލަވާލާ ކޮމެޓީގައި ޢާންމުންގެ ތެރެއިން 01 މެންބަރުން އަދި ޖަމިއްޔާތަކުން 01 މެންބަރު ހިމެނުމަށް ބޭނުންވާތީ، މިދެންނެވި ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 އެޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ކުރީން ތިރީގައިމިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކޮއްދެއްވުން އެދި ދަންނަވަމެވެ.

ލިންކް: https://forms.gle/jE9qBBz7Hjhm3Chk6

 

ކޮމެޓީއަށް މީހުން އަންޔަންކުރުމުގައި ބަލާނެ ކަންތައްތައް:

 

  • މިފަހަރު ގޯތި ދޫކުރާއިރު ގޯއްޗައް އެދި ކުރިމަތިލާ މީހަކު ކަމުގައި ނުވުން
  • މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރޭގައި އަނބިމީހާ، ފިރިމީހާ، މަންމަ،ބައްޕަ އަދި ދަރިއެއް ގޯއްޗަށް ކުރިމަތި ނުލުން
03 އޭޕްރިލް 2023
ހޯދާ