ދިވެހިރާއްޖެ
| 
 ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު  | 
 MBC-PRC/TV-Pro/2015/003  | 
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު.
2015 ވަނަ އަހަރު އެމްބީސީ ޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވާ ޞިއްޙީ ޕްރޮގްރާމް '' ދުޅަހެޔޮ '' ގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވާނެ ޞިއްޙީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޖަނަވަރީ 2015 އަންގާރަ ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖަނަވަރީ 2015 އާދީއްތަ ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
15 ރަބީޢުލްއައްވަލް 1436
