ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
2 ވަނަ ކުއާޓާއަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ 2 ވަނަ ކުއާޓާއަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުން ފެށިގެން 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމްތަކާއި، އަގު ހުށަހަޅާ ފޯމްތައް އަދި މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ.

ތާރީޚް

ގަޑި

ތަން

 

11 އޭޕްރީލް 2023 (އަންގާރަ)

10:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

 

03 އެޕްރީލް 2023
ހޯދާ