ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ބޭނުމަކަށް، ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހިޔާއަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއޮފީހަށް އަގު ހުށަހަޅުއްވައިދެއްވުން އެދެމެވެ.
ތާރީޚު |
ވަގުތު |
ތަފުސީލު |
15/01/2015 ބުރާސްފަތި |
13:00 - 9:00 |
މަޢުލޫމާތުޝީޓް ދޫކުރުން (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރގެ ކައުންޓަރުން) |
22/01/2015 ބުރާސްފަތި |
11:00 |
އަގު ހުށަހެޅުއްވުން |
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
13 ރަބީޢުލްއައްވަލް 1436