ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުގެ އިމާރާތެއް ކަމުގައިވާ މ. ގޯލްޑަން ސަންބީމުގައި 02 ފާޚާނާއާއި އިތުރު ބައެއް ކުދިކުދި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
މި ޑިޕާޓްމަންޓުގެ އިމާރާތެއް ކަމުގައިވާ މ. ގޯލްޑަން ސަންބީމުގައި 02 ފާޚާނާއާއި އިތުރު ބައެއް ކުދިކުދި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
- މ. ގޯލްޑަން ސަންބީމުގައި މިހާރު ހުރި ފާޚާނާތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުގެ ސަބަބުން ފާހަނާތައް އަލުން ހެދުމާއި އެހެނިހެން ކުދިކުދި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން 2023 އޭޕްރީލް 04ވާ އަންގާރަ ދުވަހުގެ 11:00 ގައި މ. ގޯލްޑަން ސަންބީމް އިމާރާތުގައި އޮންނާނެއެވެ.
- ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 05 ވަނަ ދުވަހުގެ12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އޭޕްރީލް 06ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7533006 /4003966 އިން ލިބިވަޑައިގަންނަވާނެއެވެ.
11 ރަމަޟާން 1444
02 އޭޕްރީލް 2023
02 އޭޕްރިލް 2023
ހޯދާ