މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މާފަރުގައި އަލަށް އިމާރާތްކުރަން ފަށާފައިވާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މާފަރުގައި އަލަށް އިމާރާތްކުރަން ފަށާފައިވާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށްޓަކައި ބޭއްވޭ ބައްދަލުވުމެއް 2015 ޖަނަވަރީ 13 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާ ގުޅޭ އަންދާސީހިސާބު ހުށަހެޅުން 2015 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިއިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6560005 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖަނަވަރީ 2015
ހޯދާ