ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|||
މި ކޯޓަށް އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް 29 ސެޕްޓެންބަރު 2014 ގައި ކުރި ނަންބަރު R1C-2014/02 ގެ އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. |
|||
މަޤާމް: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ރޭންކް: LS2 |
|
ޢާއްމުކޮށް ވަޒީފާ އަދާކުރަންޖެހޭ ކޯޓު |
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
އަސާސީ މުސާރަ: |
9,412.00 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ) |
||
މި މަޤާމަށްލިބޭ އެހެނިހެން ޢިނާޔަތްތަކާއި އެލަވަންސް: |
- ސަރވިސް އެލަވަންސް 3,000.00 (ތިންހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ 50% (ފަންސާސް އިންސައްތަ) - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||
ހުށަހަޅަންޖެހޭ ލިއުންތައް: |
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު. - ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ ވީ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށްފައި) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި) - ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިއުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި) |
||
ސުންގަޑި: |
2015 ޖަނަވަރީ 12 ވާ ހޯމަދުވަހުގެ 1500 ގެ ކުރިން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: |
|
||
14 ރަބީޢުލްއައްޥަލް 1436 |