ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދިއްދޫ ފުޓްސަލް ދަނޑުގައި ފެންސްޖެހުމާއި އަދި ބައެއް މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
02 އެޕްރީލް 2023 އިން 10 އެޕްރީލް 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި |
މި ޕްރޮޖެކްޓާގުޅޭ ބީލަން ޑޮކިއުމަންޓްސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.
ނޯޓް : ފުޓްސަލް ދަނޑުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ( ބިޑް ހުށަހެޅުމަށް ޝައުޤްވެރިކަން ހުރި ފަރާތްތަކަށް) 07 އެޕްރީލް 2023 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ފުޓްސަލް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.