މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ

ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ


1444 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މިރަށުގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވަނީ 184 ޕަކެޓް ކަދުރެވެ.މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އުސޫލު ނަންބަރު:(OTHR)142-S/142/2023/5 ގައިވާގޮތަށް އޭގެ ތެރެއިން 1443 (2022) ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ (3 ގޭބިސީން) ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު ބާކީ ހުރި 181 ޕަކެޓް ބަހާނީ، ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ އިސްކަންދޭ އުސޫލުން، 181 ޕަކެޓް ކަދުރު ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓެވެ.

ކަދުރު ބެހުން ކުރިއަށްދާނީ 2023 އޭޕްރީލް  04 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން12:00  އަށް، މިއިދާރާގެ ކައުންޓަރުންނެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަމަޟާން 1444

 

02 އޭޕްރިލް 2023
ހޯދާ