ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ނޯޓް : މި އިޢުލާނަކީ، މި ކޯޓުގެ ނަންބަރު S2C-A/2014/18 ގެ އިޢުލާނުގައި، މުވައްޒަފަށް ލިބޭނެ ޢިނާޔަތްތައް ހިމެނިއިރު، ޖުޑީޝަލް އެލަވަންސްގެ އިތުރުން ލީގަލް މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އަލުން ކުރެވޭ އިޢުލާނެކެވެ.
މަޤާމް: |
އެސިސްޓެންޓް ލީގަލް އޮފިސަރ (މިއީ ދާއިމީ މަޤާމެކެވެ.) |
|
ބޭނުންވާ އަދަދު: |
1 |
ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ |
ރޭންކް: |
އެލް.އެސް. 2 |
|
އަސާސީ މުސާރަ: |
-/9412 ރުފިޔާ |
|
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/3000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: ކޯޓަށް ހަމަޖެހިފައިވާ ގޮތުގެ މަތިން، އަސާސީ މުސާރައިގެ %35 އަށްވާ ފައިސާގެ އިތުރަށް، މި މަޤާމަށް ކަޑައެޅިފައިވާ އާއެކު، ޖުމްލަ އަސާސީ މުސާރައިގެ %50 އަށްވާ ފައިސާ. - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު: |
|
|
ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ) - އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުކުރެވޭއިރު، ސެޓްފިކެޓްތައް އަޞްލާ އެއްގޮތްތޯ ބެލޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ. - ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު. |
|
ސުންގަޑި: |
14 ޖަނަވަރީ 2015 ގެ 15:00 ގެ ކުރިން. |
|
އިތުރު މަޢުލޫމާތުު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6885571 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6885570 އެވެ. |
|
ނޯޓް: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން، ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ. |
14 ރަބީޢުލްއައްޥަލް 1436