މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ މަސްޖިދުއްޣިޔާޘުންދީނުގެ ތަޅުމުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)321-A/321/2023/89 :ނަންބަރު             

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ. ތުޅާދޫ މަސްޖިދުއްޣިޔާޘުންދީނުގެ ތަޅުމުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު  (IUL)321-A/321/2023/70(19 މާރިޗު 2023) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، 2 ވަނަ ފަހަރަށް މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

ބީލަން ހުށަހެޅުމަށް 2023 އޭޕްރީލް 02 ން 2023 އޭޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

-  "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti

 

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

 އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރުން:

 މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2023 އޭޕްރިލް 10 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

ފޯން:  6600043

އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2023 އޭޕްރިލް 12 ވާ ބުދަ ދުވަހުގެ 10:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަމަޟާން 1444

02 އޭޕްރިލް 2023
ހޯދާ