ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވޮޗަރ

ކްލެސިފިކޭޝަން:

ސަޕޯޓިންގ ސްޓާފް ގްރޭޑް 1

ރޭންކް:

SS1

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭތަނާއި ރަށް:

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ އަސާސީ މުސާރަ:

މަހަކު -/3،100 ރުފިޔާ

އެލަވަންސާއި އިތުރުގަޑި:

  • ސަރވިސް އެލަވަންސް: -/1000 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް (އަސާސީ މުސާރައިގެ %20): -/620 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަމްރީނެއް ލިބިފައިވުން.
  • މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވިދާނެކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޤާނޫނާއި ޤަވާއިދާއި ކަނޑައެޅިފައިވާ އުޞޫލޫތަކާއި އެއްގޮތްވާގޮތުގެމަތީން، ކޯޓް ޢިމާރާތާއި، ކޯޓުގެ ގޯތިތެރެއާއި، ކޯޓުގެ ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުމާއި، ކޯޓުން ހަވާލުކުރާ ރަސްމީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ކުރިން ވަޒީފާ އަދަކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާ އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން.
  3. މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  5. ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން 2015 ޖަނަވަރީ 13 ވަނަ ދުވހަގެ 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  1. ޝަރުޢީދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ، އެ ފޯމު ބާޠިލުވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރަކީ 6840061 އެވެ.
04 ޖަނަވަރީ 2015
ހޯދާ