ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި
ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: GS05-C /IUL/2023/04
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2202 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ހޯދުން
މި މަރުކަޒުގެ 2022 ވަނަ އަހަރުގެ ޕްރައިޒްޑޭ ޖަލްސާއަށް ޓްރޮފީއާއި ޝީލްޑް ހެދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޭޕްރީލް 02 އިން 2023 އޭޕްރީލް 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޭޕްރީލް 09 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2023އޭޕްރީލް 11 ވާ އަންގާރަ ދުވަހުގެ 10:30 ގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު
ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.
ފޯން: 6820029
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
30 މާރޗް 2023