ދިވެހިރާއްޖެ
ނަންބަރު: D13C/2015/01 |
ވަޒީފާގެ ފުރުޞަތު |
||
ތާރީޚު: 8 ޖަނަވަރީ 2015 |
|||
ރޭންކް: SS-1 |
މަސައްކަތު (ދާއިމީ) |
މަޤާމް |
|
ކްލެސިފިކޭޝަން: ސަޕޯޓް ސުޓާފް ގުރޭޑް 1 |
1 (އެކެއް) |
އަދަދު |
|
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް |
މަސައްކަތްކުރަންޖެހޭ ކޯޓް |
||
-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
އަސާސީ މުސާރަ |
||
- ސަރވިސް އެލަވަންސް -/1000 ރުފިޔާ - ޖުޑިޝަލް އެލަވަންސް (މުސާރާއިގެ %25) - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަ ޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މި މަޤާމަށް ލިބޭ އެލަވަންސް |
||
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. (ލިޔަންކިޔަން ދަންނަކަމުގައި ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުން އޮތްނަމައެވެ، ނުވަތަ މި ކޯޓުން ޓެސްޓެއް ދީގެންނެވެ.) - މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތުގެ ހުނަރު/ޤާބިލުކަށް ސާބިތުކޮށްދިނުމާއެކު އެސް.އެސް 1 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު އެސް.އެސް 2 ގެ ރޭންކުގައި މަސައްކަތް ކުރަމުންދާ މީހަކަށްވުން. |
ފެންވަރު ނުވަތަ ޝަރުޠު |
||
- ކޯޓުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސަފުކުރުމާއި، ދޮވެ އިސްތިރިކޮށް ބަލަހައްޓަންޖެހޭ ތަކެތި ބެލެހެއްޓުން. - ދިދަ ނެގުމާއި، ދިދަ ބޭލުން. - ކޯޓު އިމާރާތުގެ ގޯތިތެރެއަށް ރީތިކަން ގެނައުމަށް އިންދާފައިވާ ގަސްތައް ބެލެހެއްޓުމާއި، ގަސްހެއްދުމާއި، ގަސްތައް ކޮށައި، އެ ގަސްތައް ރީތިކޮށް ބެލެހެއްޓުން. - ކޯޓުގެ ފާޚާނާތަކާއި، ގިފިލި ސާފުކޮށް ބެލެހެއްޓުމާއި، ވެރިޔަކު ހަވާލުކުރާ ވަޒީފާއާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު |
||
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރުމަށްފަހު) - ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ،ވީ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓްކޮށް އެކްރިޑެޓްކޮށްފައިވާ) އަސްލާ އެއްގޮތް ފޮޓޯކޮޕީ. |
ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި |
||
2015 ޖަނަވަރީ 18 ވަނަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުން އެދެން. |
ސުންގަޑި |
||
- މޯލްޑިވްސް ކުލެފިކޭޝަން އޮތޯރިޓީން އެރެޑިޓްކޯށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓައެކު ޓުރާންސްކްރިޕްޓް ހުށަހަޅަންވާނެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، ފޯމު ބާޠިލުވާނެވެ. - ވަޒީފާ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، އެ ހުށަހަޅާ ލިޔުމަކީ މަޤާމުގައި ވީމުއްދަތާއި، ރޭންކާއި، އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުމަކަށް ވާންވާނެވެ. - މި މަޤާމަށް ކުރިމަތިލާ މީހަކީ މަޤާމުގެ ޝަރުޠު ފުރިހަމަވުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޢީ ދާއިރާގެ ވަޒީފާއަކަށް ޢައްޔަންކުރެވޭ ޝަރުޠުތައް ހަމަވާ މީހެއްކަމުގައި ވާންވާނެވެ. (ވަޒީފާއަށް އެދޭ ފޯމާއެކު މި މާއްދާގެ ކޮޕީ ދޫކުރެވޭނެ.) |
އިތުރު މަޢުލޫމާތު |
17 ރަބީޢުލްއައްޥަލް 1436