ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ކަޕް ފުޓްބޯޅަ މުބާރާތް 2023

            ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން، ކުރެންދޫގެ ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިގެން ބާއްވާ

"ކުރެންދޫ ކަޕް ފުޓްބޯޅަ މުބާރާތް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައި މުބާރާތުގެ ޤަވާއިދު ޢާންމުކުރީމެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 ޖުލައި 2023 ވާ ހޮނިހިރު ދުވަހުއެވެ.

         

            މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ، ކުރެންދޫގެ ކުލަބް ޖަމުޢިއްޔާތަކުން 05 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ

ކުރެއްވުމަށްފަހު، ކުލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީއާއިއެކު [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9982796 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

30 މާރިޗު 2023
ހޯދާ