މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޢިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދަން

ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ޢިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖަނަވަރީ 2015 ދުވަހުގެ 11:00 އަށް ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖަނަވަރީ 2015 ދުވަހުގެ 11:00 އަށް،  މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު: C-15-C/2014/11ފ(16 ޑިސެންބަރު 2014) އިޢުލާނުން ބާޠިލުކޮށްފައިވާ ކަމަށް ދެންނެވިފައިވާ މި ކޯޓުގެ ނަންބަރު: C-15-C/2013/04ފ(06 އެޕްރީލް 2013) އިޢުލާނަކީ ކުރިން އެހެން އިޢުލާނަކުން ބާޠިލު ކޮށްފައިވާ އިޢުލާނަކަށްވާތީ ދަންނަވަމެވެ. މި މަސައްކަތް ކޮށްދިނުމަށް މިފަހަރު މިކުރެވޭ އިޢުލާނަކީ އިސްވެ ދެންނެވުނު ސަބަބާ ގުޅިގެން މި ކޯޓުގެ ނަންބަރު: C-15-C/2014/11ފ(16 ޑިސެންބަރު 2014) އިޢުލާނު ބާޠިލު ކުރުމަށާއި، މި ކޯޓުގެ ނަންބަރު: C-15-C/2014/02ފ(03 އެޕްރީލް 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ