ދިވެހިރާއްޖެ
| 
 އިޢުލާނު ހިންނަވަރު ކައުންސިލްގެ އިދާރާގެ ވޭޖް މަސައްކަތު ޕޫލް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ. 
  | 
|
| 
 މަޤާމު:  | 
 ކައުންސިލް އެސިސްޓެންޓު  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-376624, J-376625, J-376626, J-376627, J-376628, J-376629, J-376630, J-376631، J-376632, J-376633, J-376634, J-376635, J-376636, J-376637, J-376638, J-376639، J-376640, J-376641  | 
| 
 ބޭނުންވާ އަދަދު:  | 
 18 (އަށާރަ)  | 
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ (1 އަހަރު)  | 
| 
 މަޤާމުގެ ރޭންކު:  | 
 އެސް. އެސް. 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގްރޭޑް 1  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ، ޅ. ހިންނަވަރު  | 
| 
 މަސައްކަތް ކުރަންޖެހޭ ދުވަސް  | 
 ހަފްތާއަކު 5 ދުވަސް (ދުވާލަކު 4 ގަޑިއިރު)  | 
| 
 މުސާރަ:  | 
 މަސައްކަތްކުރާ ދުވަހަކަށް -/245 (ދުއިސައްތަ ސާޅީސް ފަސްރުފިޔާ)  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ކޮންމެ ރަސްމީ ދުވަހަކު ކަނޑައެޅިފައިވާ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ހަމަޖައްސާ އުސޫލާ އެއްގޮތަށް މަސައްކަތް ކުރުން 2- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ބިންތަކާއި، ޢިމާރާތްތަކާއި ޢިމާރާތްތަކުގެ ގޯތިތެރެއާއި ވަށައިގެއްވާ މަގުތައް ކައުންސިލްގެ އިދާރާއިން އަންގަވާ ގޮތެއްގެ މަތިން ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން 3- އިޖުތިމާޢީ ސަރަޙައްދުގެ ގޮތުގައި ކައުންސިލުން ހަމަޖައްސަވާ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. 4- ކުނި ކަހަންޖެހޭ ސަރަހައްދުގައި ފަޅާވިނަ ދިގުވިޔަނުދީ ނޮޅާ ސާފުކޮށް ބެލެހެއްޓުން. 5- ކުނިކަހާފައިނަގާ ކުނިބުނި ވޭސް މެނޭޖްމަންޓް ސެންޓަރަށް ގެންދަންޖެހޭ ހާލަތުގައި ކުނި ގެއްދިއުމަށް އެހީތެރިވުން 6- ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ބަނދަރު ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން 7- މަގުތަކާއި ބަނދަރުމަތީ ހުންނަ ރުއްގަސް ކޮށުމުގެ ތެރޭގައި އުފެދޭ ކުނި ނަގާ ސާފުކުރުމުގެ މަސައްކަތް ކުރުން 8- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 9- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 1- ލިޔަން ކިޔަން އެނގުން ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. 
 
  | 
| 
 ތަޢުލީމީ ރޮނގުތައް:  | 
 ނެތް 
  | 
| 
 މަސައްކަތުގެ ދާއިރާތައް 
  | 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ގާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެންނެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޭޕްރިލް 2023 ގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 އޭޕްރިލް 2023 އާއި 13 އޭޕްރިލް 2023 އާ ދެމެދު، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާ ގައެވެ.  | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  | 
|
