ދިވެހިރާއްޖެ
ނަންބަރު: (IUL)337-C-AA/337/2023/41
އިޢުލާން
ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުސޫލަށް 1 ވަނަ އިޞްލާޙު ގެނައުން
މިއިދާރާގެ ނަންބަރު: (IUL)337/337/2023/26 (26 ފެބްރުއަރީ 2023) އިޢުލާނުން އާންމުކޮށްފައިވާ، "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިއިބެހޭ އުސޫލު" އާއި ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާއަށް ހުޅުވާލައި، އެ ޝަކުވާތަކާއި ގުޅޭގޮތުން 19 މާރިޗު 2023 ވަނަ ދުވަހުގެރޭ މާފުށީގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމާއި، "ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ" އާއެކު ބޭއްވުނު ބައްދަލުވުގައި ކުރެވުނު މަޝްވަރާތަކަށްފަހު "ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް 01 ވަނަ އިޞްލާޙު ވަނީ ގެނެސްފައެވެ.
މިގެނެވުނު އިޞްލާޙުތަކަށް ރިޔާއަތްކޮށް "ކ.މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމުގެ އުސޫލު" އަށް ބައެއް ބަދަލުތައް ގެންނަން ޖެހުމާއި ގުޅިގެން "ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމުގެ އުސޫލު" އަށް 01 ވަނަ އިޞްލާޙު ގެނައުމަށް 28 މާރިޗު 2023 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 10 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، މި ގެނެވުނު ބަދަލުތަކާއެކު "ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމުގެ އުސޫލު" (01 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު) އާއްމުކޮށް އިޢުލާންކުރީމެވެ.
08 ރަމަޟާން 1444
30 މާރިޗު 2023