ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގެ ލޯގޯ ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2023/25 (05 މާރޗް 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ލޯގޯތައް ފަރުމާކުރަންޖެހޭ މިންގަނޑުތަކަށް ނުފެތޭތީ، އެޢިއުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. ހުށަހެޅުންތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ ޝަރުތުތައް ހަމަވާ އަދި އެންމެ ރަނގަޅުކަމަށް މިއިދާރާއިން ކަނޑައަޅާ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 5،000.00 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލޯގޯ ފަރުމާކޮށް ހުށަހަޅާނީ 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ [email protected] ނުވަތަ [email protected] އީމެއިލްއަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
05 ރަމަޟާން 1444