ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ މަލުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
މި އޮފީހުގެ ޚާއްޞަ ބޭނުންތަކަށް ގެންނަން ބޭނުންވާ މަލުގެ އިންތިޒާމު، ކުރިޔަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް 19 މާރިޗު 2023 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2023/19 އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 އެޕްރީލް 05 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީމެއިލް:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 އެޕްރީލް 05 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 އެޕްރީލް 11 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
8 ރަމަޟާން 1444