ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޣާޒީ ސުކޫލު ރަސްމީ ޔުނިފޯރމް ޓައި އާއި ބެޖް ތައްޔާރުކޮށް ވިއްކަދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޣާޒީ ސްކޫލު ދަރިވަރުންގެ ރަސްމީ ޔުނީފޯމުގެ ޓައީއާއި ބެޖު ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުން
- މި ސްކޫލު ދަރިވަރުންގެ ރަސްމީ ޔުނީފޯމްގެ ޓައީ އާއި ބެޖު އަމިއްލަތެކެތީގައި ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 30 މާރިޗު 2023 ން 06 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 10 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2023 އޭޕްރީލް 12 ވާ ބުދަ ދުވަހުގެ 11:00 ގައި ޣާޒީ ސްކޫލުގެ މީޓިންގ ރޫމުގައެވެ.
- އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޣާޒީ ސްކޫލް / ހުޅުމާލެ / މާލެ ސިޓީ
ފޯން: 3350744
އީ-މެއިލް: [email protected]
30 މާރިޗު 2023
30 މާރިޗު 2023
ހޯދާ