ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 5 ވަނަ ހިޔަލަ ހޭންޑް ބޯލް ޓޯނަމެންޓް 2023 ( އަންހެން / ފިރިހެން )
މި ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށްގެން މި އަހަރު އަންހެނުންނަށާއި ފިރިހެނުންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 5 ވަނަ ހިޔަލަ ހޭންޑް ބޯލް ޓޯނަމެންޓް 11 މެއި 2023 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމް ތަކުން މުބާރާތުގާ ބައިވެރި ވުމުގެ ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 15 އެޕްރީލް 2023 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން މި ކޮމެޓީގެ އީމެއިލް ([email protected] ) އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ ޓީމް ލިސްޓް އެއް 04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޮމެޓީގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭ ތަނަކާއި ވަގުތު ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ. މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގާ ބައިވެރިވާ ފޯމް މި ކޮމެޓީގެ ފޭސްބުކް ޕޭޖު އަދި ކޮމެޓީގެ އޮފީހުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މި ނަމްބަރ (9671491) އާއި ގުޅުއްވުން އެދެމެވެ.