ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ހަނިމާދޫ ބަނދަރު ސަރަޙައްދުގައި ހުރި ވިޔަފާރި ކުރުމަށް ޙާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ.

މި އިޢުލާންވަނީ 12 އޭޕްރިލް 2023 13:38 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރ: (IUL)258/258/2023/66

 

އިޢުލާން

    

ހދ.ހަނިމާދޫ ބަނދަރު ސަރަހައްދުގައި ހުރި ވިޔަފާރި ކުރުމަށް ޙާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ.

 

 ހަނިމާދޫ ބަނދަރު ސަރަހައްދުގައި ހުރި ވިޔަފާރި ކުރުމަށް ޙާއްސަ ކުރެވިފައިވާ ބިންތައް 25 (ފަންސަވީސް) އަހަރަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ނިންމާފައިވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީހް

ގަޑި

މަޢުލޫމާތު ސާފުކުރުން

13 އޭޕްރީލް 2023

10:30

އަންދާސީ ޙިސާބުހުޅުވުން

24 އޭޕްރީލް 2023

10:30

 

ވީމާ ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

07 رَمَضَان 1444 

29 މާރިޗް 2023

29 މާރިޗު 2023
ހޯދާ