ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ހދ ގޮފީގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

   މި އޮފީހުގެ ހ.ދ ގޮފީގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ކުރި ފުރަތަމަ އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެއުސޫލުގެ ދަށުން އެތަކެތި އަލުން ނީލަންކިއުމަށް ހުޅުވާލަމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

   ވީމާ، މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2023 އޭޕްރިލް 10 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ހދ ގޮތްޕަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމެޖިފައިވަނީ "ދުވަހު ނީލަމުގެ" ގޮތުގައި ކަމުގައި ދެންނެވީމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން އެތަކެތި ނައްތާލެވޭނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ނީލަންކިޔުން އޮންނާނީ؛

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ހދ. ގޮފި،

ނޮދަރން އޮފީސް ކޮމްޕްލެކްސް، 3 ފަންގިފިލާ،

ހދ. ކުޅުދުއްފުށި ސިޓީ،

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3024316 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 ރަމަޟާން 1444

29 މާރިޗު 2023
ހޯދާ