ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދުން

އިޢުލާން

    2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދުން 

 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދުމަށް   ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

މާކަރ

2

1

 

 މަސައްކަތް   ކުރިއަށް ދާނެ   ތާރީޚްތަކާއި   ގަޑިތައް:

  1. މާކިންގ:

 24 އެޕްރީލް 2023 އިން 29 އޭޕްރީލް އަށް (13:00 އިން 17:00 އަށް)

 އުޖޫރަ:

  1. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
  2. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ

 ޝަރުޠު:

  1. މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. ސާނަވީ / މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުތިބާ ލިބިފައިވުން ނުވަތަ ވޭތުވެދިޔަ ދެ އަހަރު (މެދުނުކެނޑި) މާކުކުރަން އެދޭ މާއްދާގެ އިމްތިޙާނު މާކުކޮށްފައިވުން.

 މަސްޢޫލިއްޔަތު:

 1-  މާކަރުން: 2023 ވަނަ އަހަރު އޭޕްރީލް މަހުގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ   ނެރުމަށްޓަކައި އެނަލިސްޓުގެ ލަފަޔާއި އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

 މީހުން   ހޮވުމުގައި   ކަނޑައަޅާ   ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު:      %30   
  2. ކިޔަވައި ދިނުމުގެ ތަޖުރިބާ: %20   
  3. މަސައްކަތު ތަޖުރިބާ :   %50     

 އެންމެ ޤާބިލް   ފަރާތެއް   ހޮވުމަށް   ބެލެވޭނެ ކަންތައް:

  1. މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.

 ހުށަހަޅަންޖެހޭ   ތަކެތި:

  1. މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު
  2.  ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް
  4.  ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

 ސުންގަޑި:

 2023 އެޕްރީލް 06 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

 އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
29 މާރިޗު 2023
ހޯދާ