ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު

މިއޮތޯރިޓީން ހިންގަމުންގެންދާ ހއ. ފިއްލަދޫ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL)221-PP/221/2014/28) އާ ގުޅިގެން އެކަށީގެންވާ އަންދާސީހިސާބެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، ހއ. ފިއްލަދޫ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު، އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ހއ. ފިއްލަދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހއ. ފިއްލަދޫ ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ