ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް

މި އޮފީހުގެ ގއ.އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދަނީ ބ. އޭދަފުށީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މަލްޓިޕާރޕަސް ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3000655 ފޯނާއި، ނުވަތަ ބ. އަތޮޅު ގޮފީގެ ނަންބަރ: 6608501 ފޯނާ ގުޅުއްވުން އެދެމެވެ.

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ