ދިވެހިރާއްޖެ
މިއަހަރު ރަމަޟާން މަހު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޟާން 1444 (26 މާރިޗު 2023) އިން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023) ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވާފައިވާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.
މިއިދާރާއިން މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އޮންލައިން ކޮންނެވެ.
ޒަކާތަށް ދައްކަވާ ފައިސާ ތިރީގައި މިދަންނަވާ އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް 7943644 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި (ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ދެއްކި ގޮވާމުގެ ބާވަތް އަދި ދެއްކި ފަރާތުގެ ނަން) އެނގޭ ގޮތަށް ތަފްޞީލް ލިޔުއްވަން ވާނެއެވެ.
އޮންލައިންކޮށް ފައިސާ ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ކައުންސިލަށް ދުރުވުވުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ.ގެ ނަން: (އެކައުންޓު ޔަގީން ކުރެއްވުމަށް ފަހު ފައިސާ ޓްރާންސްފަރ ކުރެއްވުން އެދެން)
އެކައުންޓް ނަން |
އެކައުންޓް ނަންބަރު |
1284KHARADHU 2 |
7714700310004 |
1444 ވަނައަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާނީ އަންނަނިވި އަގުތަކުންނެވެ.
|
ބާވަތް |
ރޭޓް (މީހަކަށް ދައްކަންޖެހޭ ފައިސާ) |
01 |
އާދައިގެ ހަނޑޫ |
12.00 (ބާރަ ރުފިޔާ) |
02 |
ތައިލެންޑު ހުދުހަނޑޫ |
84.00 (އަށްޑިހަ ހަތަރު ރުފިޔާ) |
03 |
ރަތް ހަނޑޫ |
99.00 (ނުވަދިހަ ނުވަ ރުފިޔާ) |
04 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
84.00 (އަށްޑިހަ ހަތަރު ރުފިޔާ) |
05 |
ބާސްމަތީ ހަނޑޫ (މޮޅު) |
100.00 ( އެއްސަތޭކަ ރުފިޔާ) |
06 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
125.00 ( އެއްސަތޭކަ ފަންސަވީސް ރުފިޔާ) |
07 |
އާދައިގެ ފުށް |
12.00 (ބާރަ ރުފިޔާ) |
08 |
އާޓާ ފުށް |
75.00 (ހަތްދިހަ ފަސް ރުފިޔާ ރުފިޔާ) |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.