ދިވެހިރާއްޖެ
(IUL)337/337/2023/39 ނަންބަރ
އިޢުލާން
ކ. މާފުށީގައި ސްކޭޓް ޕާކެއް ޑިޒައިންކޮށް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކ. މާފުށީގައި އައުޓްޑޯރ "ކޮންކްރީޓް" ސްކޭޓް ޕާކެއް ޑިޒައިންކޮއް ތަރައްގީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވަލައި، ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ބީލަން ރަޖިސްޓްރީ ކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
ރަޖިސްޓްރީ ކުރުން: |
06 އޭޕްރީލް 2023 ވަނަ ދުވަހުގެ 10:00ގެ ކުރިން |
މަޢުލޫމާތު ސާފުކުރުން: |
30 މާރިޗު 2023 ވަނަ ދުވަހުގެ 11:00 ގައި މާފުށި ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހެޅުން: |
06 އޭޕްރީލް 2023 ވަނަ ދުވަހުގެ 11:00 ގައި މާފުށި ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
28 މާރިޗު 2023