ދިވެހިރާއްޖެ
އިޢުލާން
ޕްރީ ސްކޫލް ތަރައްޤީ ކުރުމަށް ތަޢުލީމީ ފަންޑުގެ ހިލޭ އެހީއަށް އެދި 2015 ވަނަ އަހަރަށް ހުށަހެޅުން
ޅަފަތުގެ ތަރުބިއްޔަތާއި ތަރައްޤީ ކުރުމުގެ ޕްރޮގްރާމްތަކަށް އެހީތެރިވުމަށާއި، ޕްރީ ސްކޫލްތައް ޒަމާނާ ގުޅޭގޮތަށް ތަރައްޤީ ކުރުމަށް އެހީތެރިވެދީ ޕްރީސްކޫލްތައް ކުރިއެރުވުމުގެ މަޤްޞަދުގައި މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުން ހިންގަމުންގެންދާ ހިލޭ އެހީދިނުމުގެ ޚާއްޞަ ޕްރޮގްރާމްގެ ތެރެއިން މިހިނގާ 2015 ވަނަ އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ އެހީއަށް އެދޭ ޕްރީސްކޫލްތަކުން ހުށަހަޅަންޖެހޭ ފޯމާއި ލިޔުންތައް، މިމިނިސްޓްރީގެ ނަންބަރު 22-TF/1/2015/01 (6 ޖަނަވަރީ 2015) އިޢުލާނާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމުކުރެވިފައިވާ "ޕްރީސްކޫލް ތަރައްޤީކުރުމަށް ތަޢުލީމީ ފަންޑުން ހިލޭއެހީ ދިނުމުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފުރިހަމަކުރުމަށްފަހު، މި ހިނގާ 2015 ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކައުންޓަރަށް ފޮނުއްވަމުން ގެންދެވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން މީގެކުރިން ކުރެވުނު މި މިނިސްޓްރީގެ ނަންބަރު 22-TF/1/2015/2( 4 ޖަނަވަރީ 2015) އިޢުލާން، މި އިޢުލާން ނުކުތުމުން ބާޠިލުވީއެވެ.
15 ރަބީޢުލްއައްވަލް 1436