މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީސްކޫލް ތަރައްޤީ ކުރުމަށް ތަޢުލީމީ ފަންޑުން ހިލޭއެހީ ދިނުމުގެ އުސޫލު އިޞްލާޙުކޮށް އާންމުކުރުން

އިޢުލާން

ޕްރީސްކޫލް ތަރައްޤީ ކުރުމަށް ތަޢުލީމީ ފަންޑުން ހިލޭއެހީ ދިނުމުގެ އުސޫލު އިޞްލާޙުކޮށް ޢާންމު ކުރުން

ޅަފަތުގެ ތަރުބިއްޔަތާ ތަރައްޤީގެ ޕްރޮގްރާމްތަކަށް އެހީވުމަށާއި، ޕްރީ ސްކޫލްތައް ޒަމާނާ ގުޅޭގޮތަށް ތަރައްޤީ ކުރުމަށް އެހީތެރިވެދީ ޕްރީސްކޫލްތައް ކުރިއެރުވުމުގެ މަޤްޞަދުގައި 2005 ވަނަ އަހަރުން ފެށިގެން މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުން ހިންގަމުންގެންދާ ހިލޭ އެހީގެ ޚާއްޞަ ޕްރޮގްރާމުގެ ތެރެއިން 2015 ވަނަ އަހަރަށް އެހީ ދޫކުރުމަށްޓަކައި "ޕްރީސްކޫލް ތަރައްޤީކުރުމަށް ތަޢުލީމީ ފަންޑުން ހިލޭއެހީ ދިނުމުގެ އުސޫލު" އިޞްލާޙު ކުރުމަށްފަހު 6 ޖަނަވަރީ 2015 އިން ފެށިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައިވެސް  6 ޖަނަވަރީ 2015 އިން ފެށިގެން ޝާއިޢު ކޮށްފީމެވެ. މިދެންނެވި އުސޫލާއި މި އެހީއަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

މިކަމާ ގުޅޭގޮތުން މީގެކުރިން ކުރެވުނު މި މިނިސްޓްރީގެ ނަންބަރު 22-TF/1/2015/1( 4 ޖަނަވަރީ 2015) އިޢުލާން، މި އިޢުލާން ނުކުތުމުން ބާޠިލު ވީއެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ