ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/65
އިޢުލާން
އުޅަނދުފަހަރު އެޅުމަށް ބޯސާދޫކުރުމާއި ގުޅޭ.
ނަންބަރު އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ! (IUL)258/258/2023/55
ހަނިމާދޫގައި ތަރައްޤީ ކުރެވިފައިވާ ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި ބަނދަރު ބޭނުން ކުރާނޭގޮތުގެ އުސޫލުގައި ވާގޮތުގެ މަތިން ކަނޑު ތޮށީގައި އެޅުމަށް ޙާއްސަ ކުރެވިފައިވާ 35 ( ތިރީސް ފަހެއް ) ފޫޓުން ދަށުގެ އުޅަނދުފަހަރު އެ އުޅަނދަކަށް ޙާއްސަ ކުރެވިފައިވާ ބޯސާގައި 02 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން އެޅުމަށް އަންގާ އިޢުލާން ކުރީމެވެ. މިދެންނެވި ގޮތަށް އަމަލު ނުކުރައްވާ އުޅަނދު ފަހަރުގައި ބަނދަރު ބޭނުން ކުރުމުގެ އުސޫލުގެ 27 ( ހަތާވީސް ) ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ޖޫރިމަނާކޮށް ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ. އަދި އެއްގަމު ތޮށީގައި އެޅުމަށް ހާއްސަ ކުރެވިފައިވާ 35 ( ތިރީސް ފަހެއް ) ފޫޓުން މަތީގެ އުޅަނދުފަހަރު 02 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކައުންސިލުގައި ބޯސާ ރަޖިސްޓަރީ ކުރުމަށް އަންގާ އިޢުލާން ކުރީމެވެ.
06 رَمَضَان 1444
28 މާރިޗް 2023